Last Updated: July 21, 13:57
Tuesday, July 21, 2026
މުނިފޫހިފިލުވުން

ޖަސްޓިން ބީބާ ބައްޕައަކަށް ވަނީ

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިގާ ޖަސްޓިން ބީބާ ބައްޕައަކަށްވާން އުޅޭކަން އިއުލާންކޮށްފި އެވެ.

އޭނަ އާއި އަންހެނުން ހެއިލީ ބީބާ އަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާންކުރީ ރޭ އިންސްޓަގްރާމްގަޕޯސްޓެއްގަ އެވެ. އެގޮތުން ދެމަފިރިންގެ ފޮޓޯޝޫޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއްގައި ހެއިލީ ބަލިވެއިންކަން ކަށަވަރުކޮށް ދީފައިވެ އެވެ.

މިކަމާ ގުޅިގެން ބީބާ އާއި ހެއިލީގެ އާއިލާގެ އެކިއެކި މެންބަރުން އެކަމުގެ އުފާ ބައެއް މީޑިއާތަކާ ހިއްސާކޮށްފައިވާ އިރު، ބީބާގެ ވަރަށް ގިނަ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ. ބީބާ، 30، އާއި މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރާ ހެއިލީ، 27، ކައިވެނިކުރީ 2018 ގަ އެވެ.

ހެއިލީއާ ކައިވެނި ކުރުމުގެ ކުރިން މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާ ވެސް ބީބާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އެވެ. މިހާތަނަށް ޖުމްލަ ހަ އަލްބަމް ނެރެފައިވާ ބީބާގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ޖަސްޓިސް" އެވެ.