Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ޑްރަގާއެކު ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފި

ގދ ވާދޫ

ގދ. ވާދޫ އިން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހަކު ވާދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ވާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.