Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ޒަކާތާ ބެހޭ ފޯރަމެއް އައްޑޫގައި

ފޭދޫގެ "3 އެސް ސްޕަޕާޓް" ގައި ހުރި މުދާތަކެއް މީހަކު ބަލަނީ. ފޮޓޯ/ 3 އެސް ގްރޫޕް

އައްޑޫގެ ވިޔަފާވެރިންނަށް އަމާޒުކޮށްގެން ޒަކާތުގެ މުހިންމުކަމާ ގުޅޭ ފޯރަމެއް އައްޑޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސ. މަރަދޫ ހިޔައު ޖަމިއްޔާގެ ދީނީ ގޮފިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ކަމަށް ހިޔައު ޖަމިއްޔާ އިން ބުންޏެވެ.

މި ފަދަ ފޯރަމެެއް ބާއްވަނީ ވިޔަފާރިވެރިންނަށް ޒަކާތުގެ މުހިންމުކަން އަންގައި ދިނުމާއި ޒަކާތާ ބެހޭ ގޮތުން މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަަކަށް ޖަވާބު ހޯދައި ދިނުން ކަމަށް އެޖަމިއްޔާ އިން ބުންޏެވެ.

ފޯރަމްގައި މައުލޫމާތު ދޭ ބައިތަކުގެ ތެރޭގައިވިޔަފާރި ފައިދާ އިން ޓެކްސް ދައްކާ މީހުން ޒަކާތް ދައްކަން ޖެހޭތޯ ނޫންތޯ އާއި، ލޯން ނަގައިގެން ވިޔަފާރި ކުރާ މީހުން ޒަކާތް ދެއްކުމާ ގުޅޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދޭނެ ކަމަށް ކަމަށް ހިޔައު ޖަމިއްޔާ އިން ބުންޏެވެ.

މީގެ އިތުރުންވެސް ފޯރަމްގައި ދަނޑުވެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އެހެނިހެން މަސައްކަތްތެރިންނާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި އިނާޔަތް ލިބޭ ފަރާތްތަކުން ޒަކާތް ނެރެންޖެހޭނެތޯ ނުވަތަ ނޫންތޯ ފަދަ ސުވާލުތަކަށްވެސް ފޯރަމްގައި ޖަވާބު ދިނުމަށް ވަނީ ހަމަޖެހިގަ އެވެ.
އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ޒަކާތް ހަވާާލުނުކޮށް އަމިއްލަ އަށް ޒަކާތް ދެއްކުމާ ބެހޭގޮތުން ވެސް ފޯރަމްގެ ތެރޭގައި އަލި އަޅުވާލެވޭނެ އެވެ.

މި ފޯރަމްގައި މައުލޫމާތު ދެއްވާނީ ޤައުމީ ޔުނިވަސިޓީގެ ޝަރީއާ އެންޑް ލޯގެ ޑީން އަބްދުއްސައްތާރު އަބްދުއް ރަހުމާން އެވެ.