Last Updated: June 3, 12:06
Monday, June 3, 2024
މުނިފޫހިފިލުވުން

"ރޮބޯމޭން" ގެ ނަމުގައި ދިވެހި ފިލްމެއް ހަދަނީ

ދިވެހި ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން އަށް ބިނާކޮށް "ރޮބޯމޭން: ދަ މޫވީ" ގެ ނަމުގައި ދިވެހި ފީޗާ ފިލްމެއް ހަދަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.

މި ފިލްމު ހަދަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ސްޓޫޑިއޯއެއް ކަމަށްވާ އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިިގެންނެވެ. މިހާތަނަށް އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއްގެ އިތުރުން ވެބް ސީރީޒްތަކެއްގެ ސްކްރީންޕްލޭ ވެސް ލިޔެފައިވާ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ "ރޮބޯމޭން" ގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ) އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި) އެވެ.

ފިލްމުގެ ޓީމުން ބުނެފައިވާ ގޮތުގައި މިއަށް ދެ ޖިންސްގެ ކާސްޓުން ހޯދަން ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޑިޝަންތަކެއް ބާއްވާނެ އެވެ.

"ރޮބޯމޭން" ހަދާ އޯކޭޒް އަކީ މުންކު ކުޅެ، ޑައިރެކްޓްކޮށް 2017 ގައި ގެނެސްދިން ފިލްމު "އިލް ނޮއިސް" ގެނެސްދިން ސްޓޫޑިއޯ އެވެ. "ރޮބޯމޭން" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.