Last Updated: July 15, 18:06
Wednesday, July 15, 2026
ދުނިޔެ

އެމެރިކާގެ މަހުޖަނު ސައިމަންސް މަރުވެއްޖެ

އެމެރިކާގެ ނުފޫޒު ގަދަ މަހުޖަނެއް ކަމަށްވާ ޖިމް ސައިމަންސް މަރުވެއްޖެ އެވެ.

އުމުރުން 86 އަހަރުގައި އޭނަ އިއްޔެ މަރުވީ ނިއު ޔޯކްގަ އެވެ. ސައިމަންސް އަކީ ރެނެއިންސަންސް ޓެކްނޮލޮޖީގެ ބާނީ އެވެ. ހައިރާތަށް ވެސް ބޮޑު ހޭދައެއްކޮށްފައިވާ ސައިމަންސް އަކީ ހިސާބުގެ އިލްމުގައި ވެސް ވަރަށް ވަރުގަދަ ޝަހުސިއްޔަތެކެވެ.

ދެ ކައިވެންޏެއް ކުރި ސައިމަންސް އަށް ފަސް ކުދިން ލިބިފައިެ އެވެ. އޭނަ މަރުވި އިރު މިލްކިއްޔާތު 31.4 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި ސައިމަންސް އޮތީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ 51 ވަނައިގަ އެވެ.