Last Updated: July 21, 15:15
Tuesday, July 21, 2026
ޚަބަރު

އޭޝިޔާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް ރާއްޖޭގައި

އޭޝިޔާ ޕެސިފިކް ބްލޫ އިކޮނޮމީ ފޯރަމް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީގެ ކްލައިމެޓް ފައިނޭންސް ނެޓްވޯކް ގުޅިގެން ބާއްވަން ހަމަޖެހިފައި މާދަމާ އިން ފެށިގެން މި މަހުގެ 14 އާ ހަމައަށެވެ.

އިނގެރޭސިވިލާތުގެ އެހީގައި ބާއްވާ ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ކަނޑުގައި ހިމެނޭ ވަސީލަތްތައް ދެމެހެއްޓެނެވިކޮށް ބޭނުންކޮށްގެން އިގްތިސާދީ ކުރިއެރުން ހޯދުމާ ގުޅޭ ގޮތުންނެވެ.