Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ރިސޯޓް ވޮލީ މުބާރާތަށް ހުޅުވާލައިފި

ރާއްޖޭގެ ރިސޯޓްތަކަށް ހާއްސަކޮށްގެން ބާއްވާ މި އަހަރުގެ ވޮލީ މުބާރާތަށް ހުޅުވާލައިފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ މުބާރާތުގައި ވާދަކުރަން ބޭނުންވާ ރިސޯޓްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންވެ މުބާރާތުގައި ވާދަކުރަން ބޭނުންވާ ރިސޯޓްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ޓީމް ލިސްޓް ހުށަހަޅަން ޖެހެ އެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަންބަރު 3317015 އިން ހޯދޭނެ އެވެ.

އިންޓަ-ރިސޯޓް ވޮލީ މުބާރާތަކީ މިމުބާރާތަކީ ވީއެމްއޭ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެމްއެމްޕީއާރްސީ ގުޅިގެން ބާއްވާ މުބާރާތެކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަނަކީ ބަނޑޮހެވެ.