Last Updated: July 20, 18:10
Monday, July 20, 2026
މުނިފޫހިފިލުވުން

"ލޯޑް އޮފް ދަ ރިންގްސް" ގެ އާ ފިލްމެއް 2026 ގައި

ޑައިރެކްޓަރު އެންޑީ ސާކިސް.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި "ލޯޑް އޮފް ދަ ރިންގްސް" ގެ ޓްރިލޮޖީ އަށް ފަހު، މީގެ އިތުރު ދެ ފިލްމެއް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

ވޯނާ ބްރޮސް ޑިސްކަވަރީން ބުނީ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމު 2026 ގައި ސިނަމާތަކަށް ގެންނާނެ ކަމަށެވެ. އެ ފިލްމުގެ ވޯކިން ޓައިޓްލް އަކީ "ލޯޑް އޮފް ދަ ރިންގްސް: ދަ ހަންޓް ފޯ ގަލަމް" އެވެ. ދެވަނަ ފިލްމުގެ ނަމާއި ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

އާ ފިލްމުގެ ފަހަތުގައި ތިބީ ވެސް "ލޯޑް އޮފް ދަ ރިންގްސް" ގެ ޓްރިލޮޖީގެ ޓީމެވެ. "ލޯޑް އޮފް ދަ ރިންގްސް: ދަ ހަންޓް ފޯ ގަލަމް" އޭގެ ތެރޭގައި ޑައިރެކްޓަރު ޕީޓާ ޖެކްސަނާއި ސްކްރީން ރައިޓަރުން ކަމަށްވާ ފްރާންސް ވަލްޝްގެ އިތުރުން ފިލިޕާ ބެޔޯނާ އެވެ.

ނަމަވެސް ޑިސްކަވަރީން ބުނި ގޮތުގައި އާ ފިލްމު ޑައިރެކްޓްކުރާނީ އެންޑީ ސާކިސް އެވެ. އޭނަ އަކީ ކުރިން ފިލްމުގެ "ގޮލަމް" ގެ ކެރެކްޓާ އަށް އަޑު އަޅައިދން އެކްޓަރެވެ. އެންޑީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2021 ގެ ސުޕަހީރޯ ފިލްމު "ވެނަމް: ލެޓް ދެއާ ބީ ކާނޭޖް" އެވެ.

ޕީޓާ ޖެކްސަން ޑައިރެކްޓްކޮށް، "ލޯޑް އޮފް ދަ ރިންގްސް" ގެ ފުރަތަމަ ފިލްމު "ދަ ފެލޯޝިޕް އޮފް ދަ ރިންގް" ގެނެސްދިނީ 2001 ގަ އެވެ. އޭގެ ފަހުން 2002 ގައި "ދަ ޓޫ ޓަވާސް" ގެނެސްދިނުމަށް ފަހު ތިން ވަނަ ބައި "ދަ ރިޓާން އޮފް ދަ ކިންގް" ރިލީޒްކުރީ 2003 ގަ އެވެ.

މި ތިން ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.988 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

"ލޯޑް ދަ އޮފް ރިންގްސް" އަށް ބިނާކޮށް އެމެޒޯން ޕްރައިމް ވީޑިއޯ އަށް ކުރިން ވެބް ސީރީޒެއް ވެސް ގެނެސް ދީފައިވެ އެވެ.