Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ކެނަބިސް ޓްރެފިކް ކުރި ހިތަދޫ މީހަކު ހޯދަނީ

ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން އައްޑޫ ހިތަދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަނީ ހިތަދޫ ހަޒާރުމާގޭ މުހައްމަދު އުބާދަތު ޙުސައިން، 29، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރު ފަހު 1:00 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ އުބާދަތުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.