Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ނަރުހުން އަދާކުރަނީ ގައުމީ ވާޖިބެއް: ރައީސް

އައްޑޫ ހޮސްޕިޓަލްގެ ނަރުހުންތަކެއް. ފޮޓޯ/ އޭއީއެޗް

ނަރުހުން އަދާކުރަނީ ދަނީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާނީ ނަރުހުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ނަރުހުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެގޮތުން ނަރުހުންނަކީ ސިއްހީ ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބޭ ބައެއް ކަމަށާއި އެ މީހުން އަދާ ކުރަމުން އަންނަނީ ގައުމީ ވާޖިބެއް ކަމަށެވެ.

އަދި ނަރުހުންގެ މަސްއޫލިއްޔަތަކީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރަކީ "އަވާ ނާސަސް، އަވާ ފިއުޗާ. ދަ އިކޮނޮމިކް ޕަވަ އޮފް ކެއާ" އެވެ.