Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

އެމްޕީއެލް އިން 5 މުވައްޒަފަކު ހައްޖަށް ފޮނުވަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި އެވެ.

އެމްޕީއެލްއިން ބުނީ، އެ ކުންފުނީގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން އެ ކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާއި، އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ހެޑް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި އެ މުވައްޒަފުންނަށް ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

މި އަހަރު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ:

1 – އިލްޔާސް މުޙައްމަދު – އެސިސްޓަންޓް އެގްޒެކުޓިވް

2 – އަޙްމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއާ

3 – އަޙްމަދު އުންމީދު – ސާވިސް އިންޖިނިއާ

4 – މުޙައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކުޓިވް

5- ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކުޓިވް

އެ ކުންފުނީގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް އެމްޕީއެލްގެ ހަރަދުގައި ފޮނުވަ އެވެ. އަދި 3 މުވައްޒަފުން އުމްރާގެ އަޅުކަމަށް ކުންފުނީގެ ހަރަދުގައި ފޮނުވަ އެވެ.