Last Updated: July 7, 11:45
Monday, July 7, 2025
ޚަބަރު

މިހާރު އަމަލު ކުރަންޖެހޭނީ އާ ޤާނޫނުލްއުޤޫބާތަށް: މައުމޫން ހަމީދު

މައުމޫން ޙަމީދު ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ. ފޮޓޯ/ ވީނިއުސް

މިހާރު އަމަލު ކުރަން ޖެހޭނީ އާ ޤާނުނުލްއުޤޫބާތަށް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ޙަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ޙަމީދު ފޭސްބުކްގައި އާއްމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އެޤާނޫނަށް އަމަލު ކުރުން ފަސްކޮށްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަށް ބަލާއިރު ނަމަވެސް ޤާނޫނީ ހަމަތަކުން ބަލާއިރު ، އައު ޤާނޫނުލް އުޤޫބާތަށް އަމަލް ކުރުން ފަސްކުރެވިފައި ނުވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫން ޙަމީދު ވިދާޅުވެފައި ވަނީ އެހެން ނަމަވެސް ޤާނޫނުލް އުޤޫބާތަށް 1 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނަށް ޢަމަލު ކުރަން ފަށާ ވަކި ތާރީޚެއް އެޤާނޫނުގައި ކަނޑައަޅުއްވާފައި އޮތުމުން އެޤާނޫނަށް ޢަމަލު ކުރަން ފެށޭނީ އެ ޤާނޫނުގައި ކަނޑައަޅާފައިވާ ތާރީޚްގައި ކަމަށެވެ.

އަލަށް ފާސްކުރެވުނު ޤާނޫނުލް އުޤޫބާތަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 71 ވަނަ މާއްދާގައި ބުނެފައިވަނީ އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ، މި ޤާނޫނު ފާސްވެ ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރުމަށްފަހު 16 ޖުލައި 2015 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޤާނޫނުލް އުޤޫބާތަށް ޢަމަލު ކުރުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ފަރާތުން ހުށަހެޅައި ފާސްކޮށްފައިވާ އިސްލާޙުގެ ސަބަބުން މެދުވެރިވާ ޤާނޫނީ ނަތީޖާތަކެއް ވެސް މައުމޫން ހަމީދު ވަނީ ފާހަގަ ކުރައްވާފައެވެ.
11114020_444179595757140_1046647067032151633_n
އެގޮތުން ޤާނޫނު ނަންބަރ 9/2014 (ދިވެހިރާއްޖޭގެ ޤާނުނުލްއުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތިން 13 އޭޕްރީލް 2015 ގައި އެ ޤާނޫނަށް ޢަމަލުކުރަން ފަށަންޖެހޭ ކަމަށާއި އަދި 18 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، މީގެ ކުރިން ޢަމަލުކުރަމުން ދިޔަ ޤާނޫނުލްއުޤޫބާތު 13 އޭޕްރީލް 2015 ގައި އުވިގެން ގޮސްފައިވާ ކަން މައުމޫން ޙަމީދް ވަނީ ފާހަގަ ކުރައްވާފަައެވެ.