Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

މޫސުން ގޯސް، ބޮޑު ބަޔަކަށް ޔެލޯ އެލާޓް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ .އަތޮޅުން ގއ .އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ ދަންވަރު 1:30 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެތީ، ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ވަނީ އެދިފަ އެވެ.