Last Updated: June 21, 17:01
Sunday, June 21, 2026
ޚަބަރު

މޫސުން ވަރަށް ބޮޑަށް ގޯސްވެ އޮރެންޖް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސޫމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓެއް ނެރެފި އެވެ.

މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ތ. އަތޮޅުން ލ. އަތޮޅަށެވެ. މި އެލާޓް ނެރެފައިވަނީ ފަތިހު 4:30 އާ ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެތީ، ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ވަނީ އެދިފަ އެވެ.