Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ފޮރިން މިނިސްޓަރު ޤަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ފޮރިން މިނިސްޓަރު ޒަމީރު ޤަތަރަށް ކުރެއްވި ދަތުރުފުޅަކީ މިމަހުގެ 11 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވުނު ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރު ޒަމީރުގެ މިދަތުރުފުޅުގައި ވަނީ ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު އައްޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ އިޤްތިސާދީ ތަރައްޤީއަށް ގަތަރުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ދެ ބޭފުޅުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި ދުނިޔޭގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ މަލްޓިލޭޓަރަލް ފޯރަމްތަކުގައި މަޝްވަރާ ކޮށްގެން ކަންކަަން ހައްލު ކުރެއްވުމާ މެދު ވެސް މަޝްވަރާ ކުރައްވައިފައިވެއެވެ.