Last Updated: June 10, 11:16
Wednesday, June 10, 2026
ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލޭގައި ދުއްވި ސައިކަލަކުން ކަހާލައިގެން ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ނިރޮޅުމަގުގެ އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިފައިވާކަމަށް މޭ 5 ވަނަ ދުވަހު 03:26 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އަދި އިތުރު ފަރުވާއަށް އޭޑީކޭއަށް ގެންދެވުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ،

އޭޑީކޭގައި އެމީހާއަށް ފަރުވާދެމުން ދަނިކޮށް މޭ 6 ވަނަ ދުވަހު ނިޔާވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މިހާދިސާގައި ނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.