ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސަށް ކޮލިފައިވި ފުރަތަމަ އެޓްލީޓުގެ ޝަރަފް ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.
ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ.
ފައިނަލް މެޗް ދީމާ ހަތަރު ސެޓް އެއް ސެޓުން ކާމިޔާބު ކުރީ ސްރީލަންކާގެ ބަންޑާރަ ބިމަންދީއާ ވާދަކޮށެވެ.
ރާއްޖޭގެ ތާރީހުގައި ކޮލިފައި ވެގެން އޮލިމްޕިކްސްގައި ވާދަ ކުރާނެ ފުރަތަމަ ކުޅުންތެރިޔާ އަށް ދީމާ ވެގެން ގޮސްފައިވާއިރު، ދީމާ ވަނީ ރާއްޖެއާއި ބޭރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ގިނަ ރަންވަނަ ތަކެއް ހޯދާފަ އެވެ.