Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

"އަނިޔާވެރިކަމާއި ދެކޮޅަށް" އައްޑޫ ބޮޑު ޖަލްސާ މިރޭ

"އަނިޔާވެރިކަމާއި ދެކޮޅަށް" އަޑު އުފުލުމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުން ގުޅިގެން ބާއްވާ ބޮޑު ޖަލްސާ މިރޭ ހިތަދޫގައި ފަށާނެ ކަމަށް އެމްޑީޕީ ހިތަދޫ ގޮފިން ބުނެފިއެވެ.

މިރޭ 9 ޖަހާ އިރު ހިތަދޫ، "ރޮޔަލް ޕްލަސް" ކުރިމަތީ ފަސްގަޑުގައި ބާއްވާ ޖަލްސާއަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަޙީދު އާއި، ނައިބް ޗެއާ، ޝިފާޒްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބް ރައީސް މުހައްމާއިދީ އާއި ޖުމްހުރީ ޕާޓުގެ ނައިބް ލީޑަރ އަމީން އިބްރާހިމް ބައިވެރިވެވަޑައިގަންނަވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ޖަލްސާގައި، ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އައްޑޫ ރައްޔިތުންގެ ފަރާތުން ތައްޔާރު ކުރި ޕެޓިޝަން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އާއި ހަވާލު ކުރުން އޮންނާނެއެވެ.

މި ހާއްސަ ޖަލްސާއަށް އެމްޑީޕީއާއި އަދާލަތު ޕާޓީ އަދި އިސްލާހަށް މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް އެމްޑީޕީ ހިތަދޫ ގޮފިން ދައުވަތު އަރުވައެވެ.