Last Updated: May 6, 21:20
Tuesday, May 7, 2024
ކުޅިވަރު

ފުޓްސަލް ދަނޑުތައް ހުޅުވުމަށް ސަރުކާރުގެ އިސްވެރިންގެ ޓީމެއް އައްޑޫއަށް

ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން އައްޑޫގައި ގާއިމް ކުރި ހަތަރު ފުޓްސަލް ދަނޑު ހުޅުވުމަށް ކޫލިވަރާއި ބެހޭ ވަޒީރި މަލީހް ޖަމާލް އާއި ސަރުކާރުގެ އިސްވެރިންގެ ވަފްދެއް އައްޑޫއަށް ވަޑައިގަތުމަށް ދަތުރު ފައްޓަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާއްސަ ރަސްމިއްޔާތަކާއި އެކު މިރޭ ހުޅުވުމަށް ހަމަޖެހިފައިވަނީ ހުޅުދޫ ފުޓްސަލް ދަނޑެވެ. ދަނޑު ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަރަށް ހަލުއިކަމާއެކު ހުޅުދޫ ޒުވާނުން ގުޅިގެން ދަނީ ކުރަމުންނެވެ. އެގޮތުން ރަސްމިއްޔާތަށް ހުޅޫދުއަށް ވަޑައިގަންނަވާ މެހްމާނުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހުޅުދޫ ޖެޓީން ފެށިގެން ފުޓްސަލް ދަނޑާހަމައަށްއަށްވަނީ ވަރަށްބޮޑަށް ޒީނަތްތެރިކޮށްފައެވެ.

ހުޅުދޫ ދަނޑަށް ފަހު މާދަމާ ރޭ ހުޅުވުމަށް ހަމަޖެހިފައިވަނީ މީދޫ ފުޓްސަލް ދަނޑެވެ. އަދި އާދީއްތަ ދުވަހުގެ ރޭ މަރަދޫ ދަނޑު ހުޅުވާއިރު ހޯމަ ދުވަހުގެ ރޭ ހުޅުވުމަށް ހަަމަޖެހިފައިވަނީ ހިތަދޫ ފުޓްސަލް ދަނޑެވެ.

ދަނޑުތައް ހުޅުވުމަށް އައްޑޫއަށް ވަޑައިގަންނަވާ ޓީމްގައި، ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް އާއި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން އެންވައިރަމެންޓް މިނިސްޓަރ މުހައްމަދު ޠޯރިގް ހިމެނިވަޑައިގަންނަވައެވެ.