ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރާއި މައިދައިތަ ޝަރުމީލާ ޓެގޯރް އެކީގައި އެކީގައި ފެންނަ އިޝްތިހާރެއް ދައްކާލައިފި އެވެ.
މި އިޝްތިހާރަކީ ގޭތެރެ އަށް ބޭނުންވާ އެކި ކަހަލަ ލަގްޒަރީ އުފެއްދުންތަކަށް ހާއްސަ ކުންފުނި "މައި ޓްރައިޑެންޓް" ގެ އިޝްތިހާރެކެވެ. އެ ކުންފުންޏަކީ ކާޕެޓާއި ބެޑްޝީޓާއި ބްލޭންކެޓާއި މި ނޫން ވެސް މި ބާވަތުގެ ކޮލިޓީ އުފެއްދުންތައް ގެނެސްދޭ ކުންފުންޏެވެ.
ކަރީނާ އާއި ޝަރުމީލާގެ އިޝްތިހާރުގައި ފެންނަނީ އެ މީހުންގެ ހިތްގައިމު ގެއަށް، "މައި ޓްރައިޑެންޓް" ގެ އުފެއްދުންތަކާ އެކީ އަންނަ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. މި އިޝްތިހާރަކީ ފިރިމީހާ ސައިފްގެ މަންމައާ އެކީ ކަރީނާ ފެނިގެން ދިޔަ ފުރަތަމަ އިޝްތިހާރެވެ. ކަރީނާ އާއި މައިދައިތައާ އޮންނަ ގުޅުން އިޝްތިހާރަކުން ދައްކައިލި އިރު، މި ދެ މީހުންގެ މެދުގައި އަބަދު ވެސް ވަރަށް ބޮޑު ގާތްކަމެއް އޮވެ އެވެ.
މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ޝަރުމީލާ އަކީ 1960 އާއި 1970 ގެ އަހަރުތަކުގައި ހިންދީ ސިންމާގައި އެންމެ ވިދި އެއް ބަތަލާ އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޝަރުމީލާގެ ދަރިފުޅު ސައިފުއާ، ކަރީނާ ކައިވެނިކުރީ 2012 ގަ އެވެ. އެ ކައިވެންޏެއް ދެ ކުދިން ލިބިފައިވެ އެވެ.
ޝަރުމީލާ އަކީ ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން އަދި މިހާރު ބޮލީވުޑަށް ނުކުންނަން ތައްޔާތުވަމުން އަންނަ އިބްރާހީމް އަލީ ޚާންގެ މާމަ އެވެ.