Last Updated: July 20, 18:11
Tuesday, July 21, 2026
ޚަބަރު

އީދު ބަންދުގައި ބޭންކްތައް ހުޅުވާނީ ޖޫން 18 ގައި

އެމްއެމްއޭ - ފޮޓޯ: ސަން

ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ދޭނީ އަންނަ މަހުގެ 18 ވާ އަންގާރަ ދުވަހު އެކަނިި ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

މި އަހަރުގެ ބޮޑު އީދާ އެކު، އަންނަ 16 އިން 20 އަށް ސަރުކާރު ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ޖޫން މަހުގެ 18 ވަނަ ދުވަހު އެމްއެމްއާއި ބޭންކުތަކުން ހިދުމަތް ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ދުވަހު ބޭންކިން ޚިދުމަތް، ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ލިބޭނީ ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކަމަށް އެމްއެމްއޭއިން ބުނެ އެވެ. ބޭންކިން ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.