Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް މިރޭ ބާއްވަނީ

ފިތުރު ޒަކާތް ދައްކަނީ - ފޮޓޯ: ޒަކާތު ހައުސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަކާތާ ބެހޭ ހާއްސަ ދަރުސްތަކެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ވެސް ހާއްސަކޮށްފައިވަނީ ޒަކާތުގެ މައުޟޫއަށެވެ.

ޚުތުބާގެ އިތުރުން، މާލެ ހިމެނޭ ގޮތަށް މިރޭގެ މަޣްރިބް ނަމާދަށްފަހު މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން އިތުރު ދީނީ ދަރުސްތައް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސްތަކުގެ މަޤްޞަދަކީ، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުސޫލްތަކަށް ބާރުއަޅައި، މުދަލު ޒަކާތުގެ މުހިންމުކަމަށް ހޭލުންތެރި ކުރުވުން ކަމަށެވެ.

މިރޭ ބާއްވާ ދަރުސްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެ އެވެ. މި ދަރުސްތަކުގައި ބައިވެރިވުމަށް ބާރުއަޅަނީ މީގެ ސަބަބުން ޒަކާތާއި ގުޅޭ ޢިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ.