އަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުން އިއުލާންކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގައި އެއްބަސްވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ޕާޓްނަރުންނާ އެކު ސޮއިކޮށްފަ އެވެ.
މި ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގަ އެވެ.
މި ކޮންގްރެސްގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުން 300 މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، މީގެ ތެރޭގައި އެއާޕޯޓް އެންޑް ރޫޓް ޑިވެލޮޕްމަންޓް އެގްޒެކެޓިވުންނާއި އެއާލައިން އެގްޒެކެޓިވުންނާއި އެއާލައިން ނެޓްވޯކިން ޕްލޭނަރުންނާއި އޭވިއޭޝަން ސަޕްލަޔަރުންގެ އިތުރުން އޭވިއޭޝަން އަދި ޓޫރިޒަމް އިދާރާތަކުގެ އިސް ބޭފުޅުން ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އިސްކަންދެއްވާފައި ވަނީ ދުރު ވިސްނުންތެރި މާސްޓާ ޕްލޭނަކާއެކު ކަމަށާއި މި ޕްލޭންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްގޮތަށް، އޭވިއޭޝަން ދާއިރާއަށްވެސް ތަނަވަސްކަން ލިބިގެންދާނެ ކަމަށެވެ.
އަދި އެއާ ސާވިސް ވޯލްޑް ކޮންގްރެސްގައި ތަފާތު ނެޓްވޯކިން އަދި ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޝަރީފް އިލްތިމާސްކުރެއްވި އެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އިވެންޓް ޕާޓްނަރުންނަކީ
• ރިސޯޓް ޕާޓްނަރުން: ޝެރެޓަން، މަލަހިނި
• ވެނިއު ޕާޓްނަރު: ކުރުނބާ މޯލްޑިވްސް
• ޑިޖިޓަލް ޕާޓްނަރު: ދިރާގު
• ސީޕްލޭން ޕާޓްނަރު: ޓީއެމްއޭ
• އެއާލައިން ޕާޓްނަރު: އެމިރޭޓްސް
• އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން
• މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯރްކާ މީޑިއާ، ހޮޓެލިއަރ މޯލްޑިވްސް، ދަ އެރައިވަލް، ޓްރެވެލިއުޝަން މީޑިއާ
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އެންޑޯސްމަންޓް ޕާޓްނަރުން:
• މިނިސްޓްރީ އޮފް ޓޫރިޒަމް
• މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (މޮޓްކާ)
• މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
• މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)