Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ފުލުހުންތަކަކަށް ބިރު ދެއްކި ބަޔަކު ހައްޔަރުކޮށްފި

ކުލަ ހެދުމުގައި މާލޭގައި އުޅުނު ދެ ފުލުހަކަށް ބިރު ދައްކައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ރޭގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރީ ތިން މީހެކެވެ. އެއީ 39 އަހަރުގެ ދެ މީހަކާއި 35 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެ މީހުން ވަޅިން ބިރު ދައްކައި ފުލުހުންނާ މާރާމާރީ ހިންގާފައި ވަނީ ރޭ ފުލުހުން ބުނީ ރޭ 10:00 ހާއިރު ކަމަށެވެ.

މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އެ މީހުން ހައްޔަރުކުރުމުގައި އަމަލުކުރި ގޮތާ މެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑް އިން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.