Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އާސަހަރާގެ މަސައްކަތް ނިންމަން ހަވާލުކޮށްފި

ފޮޓޯ: މާލެސިޓީ ކައުންސިލް

މާލޭގެ އާސަހަރާގެ މަސައްކަތް ނިންމުމަށް ބަޔަކަށް ހަވާލުކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް އެ ކުންފުންޏަށް ހަވާލު ކޮށްފައިވަނީ 60 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 2،703،793.18 ރުފިޔާއަށެވެ.

އާސަހަރާ ތަރައްގީ ކުރަނީ ދެ ފަންގިފިލާއަށެވެ. ސަހަރާ ތަރައްގީކުރަން ހަމަޖެހިފައި ވަނީ އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއެއް ވެސް ހިމެނޭ ގޮތަށެވެ.