Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އިއްޔެ އެންމެ ވައިގަދަވީ މުއްޔަށް

ވޭތުވެދިޔަ 24 ގަޑިއިރު ވިލާގަނޑުގައި އެންމެ ބާރަށް ވައިޖެހިފައިވަނީ މ. މުއްޔަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ އިއްޔެ މ. މުއްޔަށް ވިލާގަނޑުގައި 64 މޭލު ބާރުމިނުގައި ވައިޖެހިފައިވާ ކަމަށެވެ.

އިއްޔެ އައްޑޫސިޓީ ގަމަށް އާންމު ވައި 32 މޭލު ބާރުމިނުގައި ޖެހުނުއިރު ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައިޖެހިފައިވެއެވެ. މީގެއިތުރުން ފ. ނިލަންދޫއަށްވެސް ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައިޖެހިފައިވެއެވެ.

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު އެކި ހިސާބުތަކަށް އަންނަނީ މޫސުމީ އެލާޓްތައް ނެރެމުންނެވެ. މި ވިއްސާރާގައި ރާއްޖޭގެ އެކި ރަށްރަށަށް އަންނަނީ އެކި ވަރުގެ ގެއްލުންތައް ލިބެމުންނެވެ.