Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މަސް ފެކްޓަރީގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކުރަނީ

އައްޑޫ ސިޓީގައި ގާއިމުކުރާ މަސް ފެކްޓްރީ (ފިޝަރީޒް ކޮމްޕްލެކްސް) މަޝްރޫއު ބީލަމަށް ލައި ނިމިފައިވާ ކަމަށާއި އެ މަސައްކަތް ބޭރުގެ ބަޔަކާ ވަރަށް އަވަހަށް ހަވާލުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.

އަދީބު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ހިޔާލު ތަފާތުވުންތަކާ ހެދި ތަރައްގީގެ ކަންކަން ބައެއް ފަހަރު މަޑުޖެހުނަސް، ސަރުކާރުން އިސްނަގައިގެން މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"މަސް ފެކްޓަރީ ޓެންޑަކޮށް ނިމި މިހާރު ބޭރު ބަޔަކާ ހަވާލުކޮށް ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމުގެ އުފާވެރި ހަބަރު ދެން،" އޭނާ ވިދާޅުވި އެވެ.

ބޭރުގެ ބަޔަކާ މަސް ފެކްޓަރީ ހަވާލުކުރަން ނިންމައިފައިވާ ކަމަށް އަދީބް ވިދާޅުވި ނަަމަވެސް، އެއީ ކޮން ގައުމެއްގެ ކޮން ކުންފުންޏެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ހުޅުމީދޫގައި ހަދާ މަސް ފެކްޓަރީގެ މަޝްރޫއު ސަރުކާރުން އިފުތިތާހުކޮށްފައި ވަނީ ޑިސެމްބަރު 28، 2014 ގައި ރައީސް އަބްދުﷲ ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

މިފްކޯ އިން ކުރިން ބުނެފައިވާ ގޮތުގައި މަސްފެކްޓަރީ ހަދަނީ 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭ ގޮތަށެވެ. އަދި އެ ފެކްޓަރީގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެ ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާކުރެވޭނެ އެވެ.asdasd