Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފޭދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ މަހު ފަށަނީ

އައްޑޫ ސިޓީ ފޭދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ މަހު ފެށިގެންދާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ވިދާޅުވެެއްޖެއެވެ.

ފޭދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްވަމުން އަދީބު ވިދާޅުވީ، އެކަމަށް ބޭނުންވާ ބަޖެޓުވެސް ހަމަޖެހިފައިވާ ކަމަށެވެ.

“މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުވެސް ވާނީ ބަޖެޓް ކުރެވިފަ. އެ މަސައްކަތް ކުރިއަށް އޮތް 2 މަސްތެރޭ ފެށިގެންދާނެ” މިނިސްޓަރު ވިދާޅުވިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވަނީ އެޕްރީލް މަހުގެ 7 ވަނަ ދުވަހު މިނިސްޓަރ އޮފް އެންވައިރަމެންޓް އެންޑް އެނާރޖީ ތާރިޤް އިބްރާހިމް އާއި ބައްދަލު ކުރައްވައި ފޭދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.