Last Updated: July 15, 17:55
Wednesday, July 15, 2026
ދުނިޔެ

އިރާންގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު އެކްސިޑެންޓްވެއްޖެ

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެއްޖެ އެވެ.

އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ ރައީސީ، އެގައުމުގެ އަވަށްޓެރި އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގަ އެވެ.

އެ ހެލިކޮޕްޓަރުގައި ރައީސީގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އަމީރުއަބްދުލްހާން ވެސް އިންނެވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ހެލިކޮޕްޓަރަށް ދިމާވި އެކްސިޑެންޓާ ގުޅޭ މާބޮޑު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެ ހެލިކޮޕްޓަރު އޮތް ތަނަށް ދިޔުމަށް އެހީ ފޯރުކޮށްދޭ 40 ޓީމަކުން މަސައްކަތް ކުރަމުންދާއިރު، މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާ އިން ވަނީ ރައިސީއަށް ދުއާކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.