އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހިޝާމް އަހުމަދު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.
އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2014 ގައި އައްޑޫ ސީޓީ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އަދާލަތު ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ހިޝާމް އެމަގާމަށް އައްޔަން ކޮށްފައިވަނީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. ކޯޑިނޭޓަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެއްގެ މުސާރައަކީ 15000 ރުފިޔާއެވެ.