Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އުރީދޫން "ސައުދީ ޕާސްޕޯޯޓް" ގެ ނަމުގައި ރޯމިން ސިމެއް

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުން ކުރެވޭ ގޮތަށް އުރީދޫ އިން "ސައުދީ ޕާސްޕޯޓު"ގެ ނަމުގައި ރޯމިން ސިމެއް ތައާރަފުކޮށްފި އެވެ.

މި ސިމް މި ޙައްޖު މޫސުމުގައި ސައުދީގައި ބޭނުން ކުރެވޭނެ އެވެ. ސިމްގެ އަގަކީ 1،000ރ. އެވެ. ރުފިޔާ. މި ސިމް ސައުދީއަށް ފުރުމުގެ ކުރިން އުރީދޫއިން ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ސައުދީ އެއާޕޯޓަށް ފޭބުމަށް ފަހު ސިމް ލެއްވުމުން އިންޓަނެޓްގެ ޚިދުމަތް ލިބޭނެ އެވެ.

މިއީ އުމްރާ އާއި ހައްޖަށްދާ މީހުންނަށް ފަސޭހަ ކުރުމަށްޓަކައި އުރީދު އާއ އިސްލާމިކް މިނިސްޓްރީ ގުޅިގެން ތައާރަފުކުރި ހިދުމަތެކެވެ.