Last Updated: June 12, 17:29
Friday, June 12, 2026
ޚަބަރު

އައްޑޫ ކައުންސިލަރަކު ޕީއެޗްޑީ ހާސިލުކޮށްފި

އައްޑޫ ކައުންސިލަރަކު ޕީއެޗްޑީ ހާސިލުކުރައްވައިފި އެވެ.

ޕީއެޗްޑީ ހާސިލުކުރެއްވީ ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު އަދާލާ ރަޝީދެވެ. އޭނަ ޕީއެޗްޑީ ހާސިލުކުރެއްވީ މެނޭޖްމަންޓް އެންޑް ބިޒްނެސް ދާއިރާ އިން މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަސިޓީންނެވެ.

އަދާލާ ހޯއްދެވި ކާމިޔާބީއާ ގުޅިގެން އޭނަ އަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އަދާލާ އަކީ ކައުންސިލަރެއްގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.