Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ހިޔާ ފްލެޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް

ހިޔާ ފްލެޓްގެ އެޕާޓްމެންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، އެކި ވާހަކަ ދައްކައިގެން ހުޅުމާލެ ފޭސް2 ގެ ޓަވަރެއްގެ އެޕާޓްމެންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ ކާކުކަން ނޭންގޭ އަދި ގޮތް ނޭންގޭ މީހުން މިގޮތަށް ތަންތަނަށް ދާން އެދުނު ކަމުގައިވިޔަސް ނުދިއުމަށް އިލްތިމާސް ކޮށްފައެވެ.