Last Updated: July 19, 18:01
Sunday, July 19, 2026
މުނިފޫހިފިލުވުން

"މުންޖިއާ" ޖޫން 7 ގައި

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސްދިން ޓީމުން އެ ޖޯންރާގެ މުޅިން އާ ފިލްމެއް އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.

މިއަދު ޓިޒާއެއް ވެސް ދައްކައިލި ފިލްމުގެ ނަމަކީ "މުންޖިއާ" އެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ "މުންޖިއާ" ގެ މައިގަނޑު ކެރެކްޓާ އަކީ ސީޖީއައި ބޭނުންކޮށްގެން އުފައްދާފައިވާ ބިރުވެރި ކެރެކްޓާއެކެވެ.

އަދިތިއާ ސަރްޕޯޓްދަރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޝަރުވާރީ ވާގް، މޯނާ ސިންގް، އަބޭ ވަރުމާ އަދި ސަތިއަރާޖް ހިމެނެ އެވެ.

"މުންޖިއާ" ގެ ރަސްމީ ޓްރެއިލާ މި މަހުގެ 24 ގައި އާންމު ކުރާނެ އެވެ.

ޝްރަދާ ކަޕޫރާއި ރާޖްޖުމާރު ރާއޯއާ އެކީ ގެނެސްދިން 2018 ގެ "އިސްތިރީ" ގެ ކާމިޔާބީ އަށް ފަހު މީގެ ދެވަނަ ބައި މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވެ އެވެ.