Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ޕޮޗެޓީނޯ ޗެލްސީ ދޫކޮށްލައިފި

ޗެލްސީގެ ކޯޗުކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިވެއްޖެ އެވެ.

ކުރިން ޓޮޓެންހަމް އާއި ޕީއެސްޖީ އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖޫން މަހު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެލްސީގައި އެއް ސީޒަން ހޭދަކުރުމަށްފަހު ޕޮޗެޓީނޯ އެ ކްލަބް ދޫކޮށްލީ ޗެލްސީގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު އެެވެ.

ރިޕޯޓުތައް ބުނާގޮތުން ޕޮޗެޓީނޯ ޗެލްސީ ދޫކޮށްލީ ބައެއް ނިންމުންތަކާ މެދު ކްލަބުގެ އިސްވެރިންނާ ދެމެދު އޮތް ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ.

ޗެލްސީ ދޫކޮށްލުމަށްފަހު ޕޮޗެޓީނޯ ވަނީ ކުރިއަށް އޮތް އަހަރުތަކުގައި އިނގިރޭސި ޕްރިމިއާ ލީގާއި ޔޫރަޕްގައި ވާދަކުރަން ޗެލްސީ އޮތީ ރަނގަޅު ހިސާބެއްގައި ކަމަށް ބުނެފަ އެވެ. އަދި ޗެލްސީ އަށް ކާމިޔާބަށް އެދޭ ކަމަށާއި ޗެލްސީގެ ވެރިން އޭނާ އަށް ދިން ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅެ ޗެލްސީން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ނިންމާލީ ހަވަނައިގަ އޮވެ އެވެ. އަދި މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ފައިނަލާއި އެފްއޭކަޕްގެ ސެމީފައިނަލަށް ވެސް ޗެލްސީ ގެންގޮސްދީފައިވެ އެވެ.