Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކައުންސިލަރު އަދާލާގެ އެފްބީ ހެކްކޮށްފި

އައްޑޫ ކައުންސިލަރެއް ކަމަށްވާ އައިމިނަތު އަދާލާގެ ފޭސްބުކާއި އިންސްޓަގްރާމް ހެކްކޮށްގެން މީހުން އަތުން ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަމާ ގުޅިގެން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު ވިދާޅުވީ ފޭސްބުކާއި އިންސްޓަގްރާމް އެކައުންޓު ހެކްކޮށްގެން މީހުން އަތުން ފައިސާ ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ސޯޝަލް މީޑިއާގެ އެއްވެސް ޕުލެޓުފޯމެއް މެދުވެރިކޮށް ފައިސާ ހޯދުމަށް އެދި އެއްވެސް ބަޔަކަށް މެސެޖެއް ނުފޮނުވަން އަދި ނުވެސް ފޮނުވާނަން،" އަދާލާ ވިދާޅުވި އެވެ. "އެފަދަ އެއްވެސް މެސެޖަކަށް އިޖާބަނު ދެއްވުން އެދެން."

މި މައްސަލަ މިހާރު ވަނީ ފުލުހުންގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ.