Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ސައުދީއާ ގުޅިގެން ދިރާސާތަކެއް ކުރަނީ

ސައުދީ އަރަބިއާގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ދިރާސާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ސައުދީގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މި ހަފުތާގައި ބޭއްވި އިލްމީ ފޯރަމްގެ ތެރޭގައި މިނިސްޓަރު ވިދާޅުވީ އިސްލާމީ އަދި އިލްމީ ފޯރަަމް ނުވަތަ ދައުރާގެ ބޭނުމަކީ އަގީދާއާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށް ދިނުން ކަމަށެވެ.

އެގޮތުން އިލްމީ މި ޕުރޮގްރާމްގެ ތެރޭގައި ކުރިއަށް ގެންދިޔައީ އަގީދާ އާއި ތައުހީދާ ބެހޭ ވާހަކަތައް ކަމަށާއި މިއީ ވަރަށް މުހިއްމު ދައުރާއެއް ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް އިލްމީ މިފަދަ ކަންތައްތައް ކުރިއަށް ދާނެ،" ޝަހީމު ވިދާޅުވި އެވެ. "އަދި ދެ ވުޒާރާ ގުޅިގެން އިސްލާމީ ދާއިރާއާ ގުޅުން ހުރި އެކިއެކި ދިރާސާ ކުރުމާއި އިސްލާމީ ޚިދުމަތުގައި ވަރަށް ގިނަ ކަންތައްތައް އިންޝާﷲ ފެނިގެން ދާނެ."