Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ހުޅުމާލޭގެ ކްލިނިކަކަށް ގެއްލުން ދީފި

ހުޅުމާލޭގެ "މައި ޑެންޓިސްޓް ކްލިނިކް" ގެ ދޮރަށް ގެއްލުން ދީފައިވާ މައްސަލައަކާއި ފިހާރައަކުން ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މައްސަލަ ރިޕޯޓް މިއަދު ހެނދުނު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ވައްކަން ކޮށްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި ހުރި ފިހާރައަކުންނެވެ. އެ ފިހާރައިން ފައިސާ އާއި އަދި މޯބައިލް ފޯނެއް ވަގަށް ނަގާފައިވެ އެވެ.

ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް ބަޔަކު ހައްޔަރު ނުކުރި ނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ