Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އެމްއެމްޕީއާރްސީގެ ބޯޑުން ރާފިލް އިސްތިއުފާ ދީފި

އެމްއެމްޕީއާރްސީގެ ބޯޑުގައި ހިމެނިވަޑައިގެންނެވި މެމްބަރު ރާފިލް މުހައްމަދު ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އަކީ އެމްއެމްޕީއާރުސީ ބޯޑުގައި މަޓީ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރެވެ. ނަމަވެސް ރާފިލް އެމްއެމްޕީއާރްސީގެ ބޯޑުން އިސްތިއުފާ ދެއްވި އިރަކާއި އެކަމާ ގުޅޭ ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ރާފިލް އެމްއެމްޕީއާރްސީގެ ބޯޑުން އިސްތިއުފާ ދެއްވި އިރު، އެ ކުންފުނީގެ ޗެެއާޕަސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު ރޭ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ފާތުމަތު ތައުފީގެވެ.