ބީއެމްއެލުން ދޫކުރާ މާސްޓާކާޑު ގެންގުޅޭ ކަސްޓަމަރުންނަށް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަލަން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުން، އިނާމު ލިބުނު ފަރާތް ހޮވައިފި އެވެ.
މި އިނާމު ލިބުނީ އައްޑޫ ސިޓީ، މަރަދޫ، ހުސްނޫވިލާ، މުޙައްމަދު މުހުދިންއަށެވެ. އަދި ފައިނަލް މެޗުގެ ޕްލެޔާ މަސްކޮޓަކަށް ވެ ދަނޑަށް އެރުމުގެ ފުރުސަތު ލިބުނީ މުހުދިންގެ ކޮއްކޮ އިބްރާހިމް ޒާއިން ޒިޔާދަށެވެ.
މި އިނާމާއެކު މުހުދިން އާއި ޒާއިނަށް ހުރިހާ ޚަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓަކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭ ގޮތަށެވެ.
މާސްޓަކާޑަކީ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.