Last Updated: June 7, 22:00
Sunday, June 7, 2026

މީދޫ ގެއަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

މި މަހުގެ 18 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މީދޫ ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި މައްސަލައިގެ ތުހުމަތުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މީދޫ ގެއަކުން ވަގަށް ނަގާފައިވާ ބައެއް ތަކެތި ހޯދާފައި ވަނީ މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ދިރިއުޅެމުންދާ ގެ ބަލައި ފާސް ކުރި އިރު އެގޭ ސީލިން މަތިންނާއި އެގޭ ގޯތި ތެރެއިންނެވެ. މީގެ އިތުރުން އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ނަރު ރޯލެއް ވިއްކާލާފައިވާކަން ފުލުހުންގެ ތަހުޤީޤަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވައްކަން ކުރި މީހާ ނެގި ކަމަށް ބެލެވޭ ތަކެތި. ފޮޓޯ/ޕޮލިސް
ވައްކަން ކުރި މީހާ ނެގި ކަމަށް ބެލެވޭ ތަކެތި. ފޮޓޯ/ޕޮލިސް

މިމަހުގެ 20 ވަނަ ދުވަހު ހައްޔަރު ކުރި މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.