Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޝޭޚް އިލްޔާސްގެ ދަރުޘް ހުއްޓުވަން ފުލުހުން މަސައްކަތެއް ނުކުރޭ – ޕޮލިސް

ރާއްޖޭގެ ގިނަ ބަޔެއްގެ މެދުގައި އެންމެ މަޤްބޫލް ދިނީ ޢިލްމުވެރިޔާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝޭޚް އިލްޔާސް ހުސެން ދެއްވާ ދަރުޘް ހުއްޓުވަން ފުލުހުން މަސައްކަތް ނުކުރާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ޝޭޚް އިލްޔާސް ދެއްވާ ތަޤްރީރަކީ ހަމަނުޖެހުން ހިންގުމަށް މަގުފަހި ކުރުމަށްޓަކައި ކުރާކަމެއް ކަމަށާއި އެހެންވެ އެ ދަރުޘް ދިނުން ފުލުހުން ހުއްޓުވާނެ ވާހަކަ ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިޔާގައި ހާމާކޮށްފައެވެ.
medium_52286
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ އެއްވެސް ދީނީ ޢިލްމުވެރިއަކު ދެއްވާ ދަރުޘެއް ހުއްޓުވަން ފުލުހުން މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށާއި އަދި ޝޭޚް އިލްޔާސް ދެއްވާ ދަރުޘް ވެސް ފުލުހުން ހުއްޓުވަން މަސައްކަތް ކުރާކަން އެނގިފައި ނުވާ ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ ދަރުޘެއް ވިޔަސް ނުވިޔަސް އެކަމެއްގައި ހަމަނުޖެހުން ހިންގާ ކޮންމެ ކަމެއް ފުލުހުން ބަލާނެ ކަމަށެވެ. އަފަދަ މައުލޫމާތެއް ލިބުނަސް ފުލުހުންގެ އެމަކަމަކާއި ބެހޭ ޑިޕާޓްމަންޓަކުން އެކަން ބަލަމުންދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޝޭޚް އިލްޔާސް ދެއްވާ ދަރުޘަކީ "ކައިރިވެއްޖެ" ނަމުގައި ދެއްވާ ދަރުޘެކެވެ.