Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

13 އަހަރުގެ ކުއްޖާއާ ބެހުނު މީހާ ހައްޔަރުކޮށްފި

އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މި މަހު 19 ގަ އެވެ. ނަމަވެސް ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ އެކަމާ ބެހޭ އިތުރު ތަފުސީލުތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސޯ ގޯނާކުރުމުގެ މައްސަލަތައް ގިނަ އެެވެ.