Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ސައުދީ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

. ކިންގް ސައުދް ޔުނިވާސިޓީ

ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ ސްކޮލާޝިޕްތަކުގެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާ ސްކޮލާޝިޕްގެ ދަށުން ރާއްޖޭގެ 100 ދަރިވަރަކަށް ސައުދީގައި މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. ސައުދީން ފުރުސަތު ދީފައިވަނީ ބެޗްލާސް ޑިގްރީގެ 55 ފުރުސަތާއި މާސްޓާސް ޑިގްރީގެ 30 ފުރުސަތުގެ އިތުރުން ޕީއެޗްޑީގެ 15 ފުރުސަތެވެ.

އެ ފުރުސަތުތަށް ލިބޭ ފަރާތްތަކުން ކިޔެވުމަށް ހަމަޖެހިފައިވަނީ މައްކާގައި ހުންނަ އުންމުލް-ޤުރާ ޔުނިވާސިޓީ އާއި ޖިއްދާގައި ހުންނަ ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް ދަންމާމް އާއި ކިންގް ފައިސަލް ޔުނިވާސިޓީ އާއި ކިންގް ސައުދު ޔުނިވާސިޓީގެ އިތުރުން ގާސިމް ޔުނިވާސިޓީގައި އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މި ސްކޮލަޝިޕް ލިބޭ ފަރާތްތަކުގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސައުދީއަރަބިއްޔާ އިން ކަމަށެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ގެ ނިޔަލަށެވެ.