Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

މާލޭގައި އެކްސިޑެންޓްވި މީހަކަށް ފަރުވާ ދެނީ

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

މިއަދު ފަތިހު 05:30 އެހާކަންހާ އިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ސިނަމާލޭ ބްރިޖާއި މާލޭ ބޮޑުތަކުރާނު މަގަށް ފައިބާ ހިސާބުން ދަރުބާރުގޭ ކައިރީގަ އެވެ. ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި އެތަނުން އެ ސައިކަލްގައި އިން ޒުވާނާ ވިއްސައިގެން ގޮސް ޖެހުނީ ދަރުބާރުގޭ ގޯތިތެރޭގަ އެވެ.

ފުލުހުން މިހާރު އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، އެކްސިޑެންޓްތަކުގައި މި ފަހުން ބައެއް މީހުންފެ ފުރާނަ ވެސް ގެއްލިފައިވެ އެވެ.