Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ސްޓެލްކޯގެ ބޯޑަށް ޔޫސުފް

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ޔޫސުފް ވަހީދު އައްޔަންކޮށްފި އެވެ.

އޭނަ އެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކުރުމާ ގުޅިގެން ސްޓެލްކޯ އިން މަރުހަބާ ވެސް ކިޔާފައިވެ އެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އެވެ. ބޯޑުގައި ދެން ތިއްބަވަނީ ޗެއާމަން މުހައްމަދު ލަތީފާއި ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އަހުމަދު ހާޝިމާއި މުހައްމަދު އާމިރުގެ އިތުރުން އަދި ކޮމްޕެނީގެ ސެކްރެޓަރީ އަހުމަދު ސަމީހު އެވެ.