އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން އަގުހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ވަނީ ޑީސެލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ކުރަން ނިންމާފަ އެވެ.
މި ބަދަލާ އެކު ދެން ޕެޓްރޯލާއި ޑީސަލް ވިއްކާނީ؛
* ޑީސަލް ލީޓަރެއް: 13.92ރ.
* ޕެޓްރޯލް ލީޓަރެއް: 13.98ރ.
އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގުތަކަށް ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ފަހަރު އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 0.40 ލާރި އަދި ޑީސަލް ލީޓަރަކުން 0.45 ލާރި އަގުހެޔޮކޮށްފަ އެވެ.