Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މަރަދޫ ފޭދޫގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ މަރަދޫ ފޭދޫ ބޮޑު މަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައފިއެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 1 ޖަހާއިކަށް ހާއިރު މަރަދޫ ފޭދޫ ބޮޑު މަގުން ދުއްވާފައި ދިޔަ ކާރެއް ގޯޅި އަޅަން އުޅެނިކޮށް ސައިކަލަކުން ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާ އަށް ވެސް މާބޮޑު ގެއްލުމެއް ލިބިފައި ނުވާއިރު، ސައިކަލާއި ކާރަށް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައިވާ ކަމަށް މައުލޫމަތު ލިބެއެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ އެކްސިޑެންޓް ހިގަން ދިމާވި ސަބަބު ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.