އިންޑިއަން ޕްރީމިއާ ލީގް (އައީޕީއެލް) ގެ 17 ވަނަ މުބާރާތް ކޮލްކަތާ ނައިޓް ރައިޑާސް (ކޭކާއާރް) އިން ކާމިޔާބުކޮޮށްފި އެވެ.
ރޭ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗްގައި އެ ޓީމް މުބާރާތުގެ ތަށި އުފުލީ ސަން ރައިޒާސް ހައިދަރުއާބާދު (އެސްއާރްއެޗް) އާ ދެކޮޅަށް ކުޅެ އެވެ.
މި އަހަރުގެ އައިޕީއެލް ކާމިޔާބުކުރި ކޭކޭއާރް އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި ޖޫހީ ޗާވްލާ ހިއްސާވާ ޓީމެކެވެ. އެ ޓީމުން މީގެ ކުރިން ވެސް އައިޕީއެލް ކާމިޔާބުކޮށްފައިވެ އެވެ. އެގޮތުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެސް ކޭކޭއާރް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވެ އެވެ. އެއީ 2012 އާއި 2014 ގަ އެވެ.
ކްރިކެޓަށް މަރުދޭ އިންޑިއާގައި ބާއްވާ އެންމެ މަގުބޫލު ކްރިކެޓް މުބާރާތްތަކުގެ ތެރޭގައި ިމެނޭ އަދި ދި ޓުވެންޓީ20 ފޯމެޓަށް ބާއްވާ އައިޕީއެލްގެ މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ މާޗް 22 އިން ރޭގެ ނިޔަލަށެވެ. މުބާރާތުގައި 10 ޓީމު ވާދަކުރި އެވެ.
އައިޕީއެލް ބާއްވަމުން އަންނަނީ 2008 އިން ފެށިގެންނެވެ.