ވިޔަފާރި ކުރައްވާ ފަރާތްތަކުގެ އަތުން ވެސް ކަރަންޓަށް އަގު ނެގެން ޖެހޭނީ އެއް ހަމައެއްގައި ކަމަށް ސ.ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ކަރަންޓް ސަބްސިޑީއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ އަތުން ވެސް ކަރަންޓް ނެގެން ޖެހޭނީ އެއް ހަމައެއްގައި ކަމަށާއި ސަބްސިޑީއަކީ އެއް އުސޫލެއްގެ މަތީން ދޭން ޖެހޭ އެއްޗެއް ނޫން ކަމަށާއި ރާއްޖޭގައި އެކަންކަން އޮތީ "އެކޮޅުކޮޅުން ޖެހިފައި" ކަމަށެވެ.
"ސަބްސިޑީސް މިދެނީ ހުރިހާ އެންމެނަށް އެއް އުސޫލަކުން. އެއް ރޭޓެއްގައި. ކަރަންޓް ހިދުމަތް މި ދެވެނީ އެކި މީހުންނަށް ތަފާތުކޮށް. ދެވޭ އިރު މި ދެވެނީ ރާއްޖޭގެ އެންމެ ހާލުގައި ތިބި މި ހިދުމަތްތަކަށް އެދި އެދި ތިބި މީހުންނަށް މި ދެވެނީ އަގު ބޮޑުކޮށް. އެންމެ ތަނަވަސްކަން ލިބިފައިވާ ރަށްރަށަށް ކުޑަ މިވަނީ. މިހާރު ވެސް ބަލާ އިރު އެންމެ ކުޑަ މި ކުރެވެނީ މާލެ އަށް ދެން އައްޑޫ އަށް ދެން އެންމެ ކުޑައީ ކުޅުދުއްފުށި އެހެން ރަށްރަށް އެއަށް ވުރެއް މާ ބޮޑު. ސަބްސިޑީސް ދެވޭ އިރު ސަބްސިޑީސް ދެވެން ޖެހޭނީ އެންމެ ނިކަމެތިންނަށް އެންމެ ބޮޑަށް،" ދީދީ ވިދާޅުވި އެވެ.
އައްޑޫގެ ވިޔަފާރިތަކުން އެންގުމަކާއި ނުލައި ކަރަންޓް ބިކް ބޮޑު ކުރި މައްސަލާއި ގުޅިގެން، ކަރަންޓް ކުރިން ދެމުން ދިޔަ އަގަށް ބަދަލު ގެންނަން ދެން ހުއްޓާ ނުލާ އިހްތިޖާޖް ކުރާނެކަމަށް އައްޑޫގެ ވިޔަފާރިވެރިން ވަނީ ބުނެފައެވެ.